އާންމު އިއުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

20  ޑިސެމްބަރ  2022
ލިޔުނީ
ޙުސައިން ނަބީލް

މުޅި ރާއްޖޭގެ ފަޤީރުންނާއި މިސްކިނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ގެންދަނީ ކުރައްވަމުންނެވެ.

ވީމާ، މިރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 22 ޑިސެންބަރު 2022 އިން ފެށިގެން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެތާރީޚްގެ ފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަންނާނެ ކަމުގައި ދަންނަވަމެވެ.

މިކަމަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ފޯމް ދޫކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް މި އިދާރާއިންނެވެ.

- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމް ހުށަހަޅަން ނުޖެހޭނެއެވެ.

- ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭމީހެއް / މިހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށަހަޅަން ޖެހޭނެއެވެ.