ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ގައުމީ ފެންވަރެއްގައި – ދިއްގަރުން
- 14 ނޮވެމްބަރ 2022
- ލިޔުނީ
- މުޙައްމަދު ޒިޔާން އަޙްމަދު
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ޑައިބެޓިކް ސޮސައިޓީގެ ފަރާތުން މ.ދިއްގަރުގައި ޙަރަކާތްތަކެއް ހިންގައިފިއެވެ. މިގޮތުން މޫދު ކަސްރަތުގެ ޕްރޮގްރާމްއަކާއި ރަށު ސިއްޙީ މަރުކަޒުގެ ބޭފުޅުންނަށާއި ސްކޫލް ކުދިންނާއި ޢާއްމުންނަށް އަމާޒުކޮށް ހަކުރު ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ދުވަހާއި ގުޅޭ ޚާއްސަ ހިނގާލުންވެސް ދިއްގަރުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ހަކުރު ބައްޔާއި މެދު މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމަށް ދިއްގަރު ކައުންސިލާއި ސިއްޙި މަރުކަޒު ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޑައިބެޓިކް ސޮސައިޓީގެ ފަރާތުން ވަނީ ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ދެނެގަނެވޭ، ބޮޑީ ފެޓް މޮނީޓަރއެއް ދިއްގަރު ސިއްޙީ މަރުކަޒާއި ވަނީ ޙަވާލުކޮށްފައެވެ..
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް މ.ދިއްގަރުގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީންކުރުމުގެ ޤައުމީ ކެމްޕޭން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ.ޝާހު މާހިރުއެވެ..
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ދިއްގަރުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ.ޝާހު މާހިރު ވަނީ ހަކުރު ބައްޔާއި ދެކޮޅަށް ސަރުކާރުގެ ފަރާތުން ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަތަކެއް ޚިޔާރުކުރުމަށް ޢާއްމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ހަބަރު ކިޔާލުމަށްޑައުންލޯޑް