ދުޅަހެޔޮ ހަށިހެޔޮ ސިއްޙަތެއް – ޝާލޫ އާއި އެކު
- 18 ނޮވެމްބަރ 2022
- ލިޔުނީ
- މުޙައްމަދު ޒިޔާން އަޙްމަދު
ދިއްގަރު ކައުންސިލާއި ޝާލޫ ދި ޓްރެއިނަރސް އާއި ގުޅިގެން ދިއްގަރުގއި "ދުޅަހެޔޮ ހަށިހެޔޮ ސިއްޙަތެއް – ޝާލޫ އާއި އެކު" ނަމުގައި ޚާއްސަ ހަރަކާތްތކެއް ކުރިއަށް ގެންގޮސްފިއެވެ.
17 ނޮވެމްބަރު 2022 އިން 18 ނޮވެމްބަރ 2022އަށް ކުރިއަށް ގެންދިޔަ މިހަރަކާތްތަކުގައި ކަސްރަތު ސެޝަންތަކެއްގެ އިތުރުން ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. 100 އަށްވުރެ ގިނަ ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މިހަރަކާތްތަކުގައި 45އަހަރުން މަތީގެ ބޭކަނބަލުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއްގެ އިތުރުން 16 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް ވަނީ ބޫޓޫ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން ކުރިއަށް ގެންދެވުނު ހޭޅުންތެރިކުމުގެ ޕްރޮގްރާމްގެ ދަށުން ދެޖިންސުގެ ބޭފުޅުންނަށް އަމާޒު ކޮށްގެން އަދި އަންހެން ކަނބަލުންނަށް ޚައްސަކޮށް ސެޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަބަރު ކިޔާލުމަށްޑައުންލޯޑް